ފާރިސް މައުމޫން
ފާރިސް މައުމޫން
ހަބަރު 23 Jul 2023 | 13:26

އެމްއާރްއެމްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ފާރިސް

މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމްއާރްއެމް) އިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ގެ ދަރިކަލުން ފާރިސް މައުމޫން ކަމަށް އެޕާޓީއިން ހާމަކޮށްފިއެވެ.

އެމްއާރްއެމްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް "ވޮއިސް" އަށް ވިދާޅުވީ އެމްއާރްއެމްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ފާރިސް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށެވެ. އަދި ރަސްމީކޮށް އިޢުލާނު ކުރާނީ ކޯޓަށް ހުށައެޅިފައިވާ ޕާޓީގެ މެމްބަރުން ހަމަނުވާތީ ޕާޓީ އުވާލުމާއި ގުޅޭ މައްސަލަ ނިމުމުން ކަމަށެވެ.

ޢަލީމް ވިދާޅުވީ އެމްއާރްއެމް އިން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ނިންމާފައިވާ ކަމަށެެވެ. އަދި ޕާޓީގެ މައްސަލަ ކޯޓުގައި އޮތުމުން ފާރިސް ނުކުންނަވާނީ އެމްއާރްއެމްގެ ފަރާތުންތޯ ނުވަތަ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ތޯ މަޝްވަރާކުރެވުމުން ދާކަމަށެވެ. އަދި އެބޭފުޅުންގެ އުންމީދަކީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ފާރިސް ނެރުން ކަމަށް ވެސް ޢަލީމް ވިދާޅުވިއެވެ.

ޢަލީމް ވިދާޅުވީ ކޮމަން ކެނޑިޑޭޓެއް ނެރުމާއި މެދު އެއްވެސް ޕާޓީއަކާއި މަޝްވަރާ ނުކުރާ ކަމަށެވެ.

ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ އެދި ލެއްވުމަކަށް އެމްއާރްއެމް އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި މަޝްވަރާކުރެވުނު ކަމަށް ބައެއް ނޫސްތަކުން ކުރި ރިޕޯޓް ޢަލީމް ވަނީ ދޮގުކުރައްވާފައެވެ.

އެމްއާރްއެމްގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައިވެއެވެ. ނަމަވެސް ޢަލީމް ވިދާޅުވީ ޕާޓީގައި 3000 މެމްބަރުން ހަމަވެފައިވާ ކަމަށާއި، އެކަމުގެ ހެކި ކޯޓަށް ހުށައެޅިފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

މެމްބަރުން ހަމަނުވާތީ އިކެލްޝަނުން، އެމްއާރުއެމް އުވާލައިފި
29 Jan 2025 ހަބަރު

މެމްބަރުން ހަމަނުވާތީ އިކެލްޝަނުން، އެމްއާރުއެމް އުވާލައިފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީވެ، އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކުރި އިއުލާނު...