ބޮޑު ކަންނެލީގެ މަސްވެރިއަކު މަސައްކަތުގައި 
ފޮޓޯ: މިހާރު
ބޮޑު ކަންނެލީގެ މަސްވެރިއަކު މަސައްކަތުގައި ފޮޓޯ: މިހާރު
ހަބަރު 23 Aug 2022 | 12:59

މަސްވެރިންގެ މެދުގައި ތަފާތުނުކޮށް ޑީސަލް ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައިފި

މަސްވެރިންގެ މެދުގައި ތަފާތުނުކޮށް މިހާރަށްވުރެ ހެޔޮއަގުގައި ޑީސަލް ގަންގަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމަށް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން(ބީ.ކޭ.އެމް.ޔޫ) އިން ގޮވާލައިފިއެވެ.

އެ ޔޫނިއަނުން ވަނީ އެކަމަށް ގޮވާލާ ބަޔާނެއްވެސް ނެރެފައެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ބުނީ މިހާރުގެ ހާލަތަށް ބަލާއިރު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑީސަލާއި ތަކެތީގެ އަގު ބޮޑުވުންކަމަށެވެ. މަސްވެރިންނަށް މިހާރު ޑީސަލް ލިޓަރެއް ލިބެން ހުރީ 20 ރުފިޔާ 2 ލާރިއަށްކަމަށް އެ ޔޫނިއަނުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އުތުރާއި ދެކުނުގެ މަސްވެރިންނަށް ސަރުކާރުން ފެލިވަރު އަދި ކޫއްޑޫއިން 16 ރުފިޔާ 84 ލާރިއަށް ޑީސަލް ލިޓަރެއް ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

ޑީސަލް ވިއްކުމުގައި މަސްވެރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރަމުން ބީ.ކޭ.އެމް.ޔޫ އިން ބުނީ ބޮޑު ކަންނެލި މަސްވެރިންނަކީ މުޅިންވެސް މާލެ ސަރަހައްދަށް މަސްކިރާ، ތެލާއި ކޮއްތާއި އަދި ބޯފެން މާލެ ސަރަހައްދުން އަރުވައިގެން މަސްވެރިކަން ކުރަމުންދާ ފަރާތްތަކެއްކަމަށްވުމުން އެހެން ބައެއް ސަރަހައްދުތަކުން ލިބޭ ގޮތަށް 16 ރުފިޔާއަށް ޑީސަލް ލިޓރެއް ގަންނަން އެ މަސްވެރިންނަށް ގަންނަން ލިބެން ނެތުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

އެހެންކަމުން ދެކުނާއި އުތުރުގެ މަސްވެރިންނެކޭ އެއްފަދައިން މެދުރާއްޖެތެރެއާއި މާލެ ސަރަހައްދުންވެސް 16 ރުފިޔާ 84 ލާރިއަށް ޑީސަލް ލިޓަރެއް ގަންނަން ލިބޭނެ ގޮތް ހަމަޖައްސާދިނުމަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މަސްވެރިންނަށް ޑީސަލް ވިއްކާއިރު ތަފާތު ނުކުރުމަށްވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.