ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--ފޮޓޯ/ އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--ފޮޓޯ/ އެމްޑީޕީ
ހަބަރު 23 Aug 2023 | 04:42

"މަޖިލީހަށް އެންމެ ގިނައިން ޖަވާބުދާރިވެ، ސަރުކާރުގެ ކަންކަން އެންމެ ގިނައިން ހާމަކުރީ މިސަރުކާރުން"

މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ސަރުކާރު ތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ޖަވާބުދާރީވެ، ސަރުކާރުގެ މައުލޫމާތު ތައް އެންމެ ގިނައިން ހާމަކުރީ އަދުގެ ސަރުކާރުން ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބ.ދަރަވަންދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ހެޔޮ ވެރިކަމެއް ކުރުމަށް ބޭނުން ނަމަ, މަޝްވަރާކޮށް، އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަންވާނެ ކަމަށާ އަދި އެހާ އަވަހަށް ރުޅި އިސްކޮށްގެން ނުވާނެ ކަމަށެވެ.

"ހެޔޮ ވެރިކަމެއްގެ ކުރަން ބޭނުންވާ ކަމަށް ވަންޏާ މި ތިން ކަންތައް ކުރަންޖެހޭނެ. އެހާ އަވަހަށް ރުޅި އިސްވެގެނެއް ނުވާނެ، މީހުންނާއި މަޝްވަރާ ކުރެވެން ޖެހޭނެ، މީހުން ދައްކާ ވާހަކަ އަޑުއަހަން ޖެހޭނެ. ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ވެރިޔަކު ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރާކަމަންވަންޏާ ކުރަންޖެހޭނެ ގޮތަކީ މީ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މިއާއެކު ހެޔޮ ވެރިކަމެއް ކުރާން ބޭނުންވާ ނަމަ، އެ ސަރުކާރެއް ޖަވާބުދާރީ ކުރެވެންޖެހޭނެ ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ، ޖަވާބުދާރީ ވުމާއި މައުލޫމާތްތައް ހާމަކުރުމުގައި މިސަރުކާރުން މަސައްކަތް ކުރި ވަރަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ކަމަށެވެ.

"ސަރުކާރެއް ހިންގާއިރުގައި ޗެކްސް އެންޑް ބެލެންސް ސަރުކާރު ޖަވާބުދާރީ ވާން އެބަޖެހޭ. ހާމަކުރެވެން އެބަޖެހޭ ކަންތައްތައް. ހަމަޤައިމުވެސް މިސަރުކާރުވެގެންދާނެ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ޖަވާބުދާރީވި ސަރުކާރަކަށް. ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުވެ، ރައްޔިތުންގެ ފަރާތުން، މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިއަށްވުރެ ގިނައިން ޖަވާބުދިން ސަރުކާރެއް ނޯންނާނެ. އަދި ރައިޓް ޓޫ އިންފޮމޭޝަން ޤާނޫނުގެ ދަށުން މައުލޫމާތު ހާމަކުރުމަށްޓަކައި 10،000 އަށްވުރެ ގިނަ މައުލޫމާތު ހޯދުމަށް މިސަރުކާރަށް ހުށަހެޅިގެންދިޔަ. އެއިން ކޮންމެ ކަމަކަށް އަޅުގަނޑުމެންވާނެ ތަފްސީލާއެކު މައުލޫމާތުދީފައި. އަދި މިހާތަނަށް މި ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާވަރަށް ސަރުކާރުގެ މައުލޫމާތު ތައް ހާމަކޮށްފައި ވާނެ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ އިންސާފު ޤާއިމުކޮށް އިންސާފު ހޯދައިދިނުމަށްޓަކައި މިސަރުކާރުން ޝަރުއީ ދާއިރާ މިނިވަން ކޮށްދީފައިވާ ކަމަށެވެ. އަދި ދެން ބޭނުންވާ ކަމަކީ ފަނޑިޔާރުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލަކާއި ވަސީލަތްތައް ޤާއިމުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ލިބޭ މުސާރައަށްވެސް ޖެނުއަރީން ފެށިގެން ބަދަލު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.