ޑރ މުހައްމަދު މުއިއްޒު
ޑރ މުހައްމަދު މުއިއްޒު
ހަބަރު 23 Aug 2023 | 14:05

އަސާސީ ކަމެއްގެ ގޮތުގައި ފޭދޫ ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ދޭނަން: ޑރ މުއިއްޒު

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ، ށ ފޭދުއަށް ދިމާވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައާއި އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ދެ މައްސަލައަކީވެސް އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ހައްލުކޮށްދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު ށ ފޭދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒުވަނީ އެ މަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެ ނަމަ ފޭދުއަށް ކޮށްދެއްވާނެ ގިނަ ކަންކަމެއްގެ ވައުދުތަކެއް ވެވަޑައިގެންފައެވެ.

އަޅުގަނޑަށް އިތުބާރު ކުރައްވާ 9 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބު ކާމިޔާބު ކޮށްދެއްވައިފި ނަމަ މި ރަށުގެ ރަށް ގިރުމާއި ކުނި މެނޭޖް ކުރުމުގެ މައްސަލައަކީ އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ހައްލުކޮށްދެއްވާނަން

ޑރ މުހައްމަދު މުއިއްޒު

އޭގެ ތެރޭގައި އެރަށުގެ ޒުވާނުންނަށް ހާއްސަ ކުރެވިގެން ޔޫތް ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، އެރަށު ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވައި ސިއްހީ ނިޒާމު ހަރުދަނާ ކޮށްދެއްވުމުގެ އިތުރުން، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގައި ޑރ މުއިއްޒު ވަނީ ފޭދޫގެ ރައްޔިތުންގެ އަރިހުގައި ވައުދުވެވަޑައިގެންފައެވެ.

ހަމައެއާއެކު އެ ރަށުގެ މައި ބޮޑެތި މަގުތައްވެސް ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްދެއްވާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ފޭދޫގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ޔަގީން ކުރައްވާކަމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު
20 Nov 2026 ހަބަރު

ދުންފަތް ކޮންޓްރޯލް ކުރުމާއި ޑިޖިޓަލް ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ޙައްޤުގައި އެޅި މުހިންމު ފިޔަވަޅުތަކެއް: ރައީސް މުޢިއްޒު

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން އެކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.