މިލަންދޫއިން ޑރ މުޢިއްޒަށް ރަތްދޫލައިގެ މަރުޙަބާއެއް
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ށ މިލަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ރަތްދޫލައިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޑރ މުޢިއްޒު މިލަންދޫއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މުޢިއްޒު މިލަންދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަބަޔަކު ވަނީ އޭނާއަށް މަރުޙަބާ ކިޔުމަށް ބަނދަރު މައްޗަށް އެއްވެފައެވެ.

މިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެރަށު ޕީޕީއެމް ޖަގަހައިގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އެރަށުގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިޖަލްސާގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޢިއްޒު ވަނީ ވާހަކަދައްކަވައިފައެވެ. އަދި މީގެ އިތުރުން އެޕާޓީގެ އިސް ބޭފުޅުންނާއި މިލަންދޫގެ ޕީޕީއެމް އެކްޓިވިސްޓުން ވަނީ ވާހަކަދައްކައިފައިވެއެވެ.
މިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ޑރ މުޢިއްޒު ވަނީ ށ.ފޯކައިދޫއަށް ވެސް ވަޑައިގެންފައެވެ.
ޑރ މުޢިއްޒު ށ.އަތޮޅުގައި ކެމްޕޭނު ކުރައްވަމުންދާއިރު ރަނިންގމޭޓް ހުސެއިން މުޙައްމަދު ލަތީފް ދަނީ ލ އަތޮޅުގައި ކެމްޕޭނު ކުރައްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް