48ގަޑިއިރުން 200 މީހުން އެމްޑީޕީއިން ވަކިވެއްޖެ: ސިރާޖް
ވޭތިވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ލ ފޮނަދޫއިން 200 މީހުން އެމްޑީޕީ އިން ވަކިވެއްޖެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ސިރާޖް ވިދާޅުވީ ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕގެ އާންމު މެންބަރުން ވަނީ އެޕާޓީގެ ދަފްރަތަރުން ވަކިވުމަށް އެދި ހުށަހަޅާފައިކަމަށެވެ.
ސިރާޖު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންފައިވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެނެވެ. ނަމަވެސް މީގެ ދެދުވަސް ކުރިން މޫސާ ސިރާޖް ވަނީ އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ.
އަދި އެމްޑީޕީއިން ވަކިވެވަޑައިގަތުމަށްފަހު ސިރާޖް ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަމަށް އިޢުލާނުކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް