ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި
ކ.ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖޭއެސްސީ އިން މިއަދު ވިދާޅުވީ ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ 139 ވަނަ މާއްދާ އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލަ، ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން މައްސަލަ ބެލުމަށް ނިންމާފައިވާތީ، އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި އެ މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް