އަރަބިއްޔާ ސްކޫލުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެ
ރާއްޖޭގައިހުރި އަރަބަ ތައުލީމްދޭ އެންމެ ބޮޑު ސްކޫލު އަރަބިއްޔާ ވަގުތީ އިމާރާތުގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަރަބިއްޔާ ސްކޫލުގެ މީޑިއާ ކޯޑިނޭޓަރ ޔޫސުފް "ވޮއިސް" އަށް ވިދާޅުވީ، އެ ސްކޫލް މަގަށްވާގޮތަށް އިންނަ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލު މިހާރުހުރި އިމާރާތްބާވެ، އިމާރާތް ބޭނުން ނުކުރެވޭ ހާލާތަށް ދިއުމުން، އެ ސްކޫލުގެ ބެލެނެވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، ވަނީ އެ ސްކޫލުގެ ބެލެނެވެރިންނާއި ބައްދަލުކޮށް އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް ބާޖަމާލުއްދީން ހުރި ބިން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިބިމަކީ ޖާގައިގެ ގޮތުން ތަނަވަސް، ބޮޑު ބިމެކެވެ.
ވަގުތީ ގޮތުން އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަނީ ކުރީގެ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އެމްޓީސީސީގެ އިމާރާތެއްގައެވެ.
އަރަބިއްޔާ ސްކޫލަކީ ގާތްގަނޑަކަށް 700 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސްކޫލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް