ރިހާކުރު ދިޔަ: ފޮޓޯ/ ލޮނުމެދު ޕޭޖް
ރިހާކުރު ދިޔަ: ފޮޓޯ/ ލޮނުމެދު ޕޭޖް
ލައިފްސްޓައިލް 23 Dec 2022 | 03:46

މި ހުކުރު މެންދުރަށް ފިރިމީހާ ލައްވާ ރިހާކުރު ދިޔަ ތައްޔާރު ކޮށްލަން ކިހިނެއް ވާނެ؟

ހުކުރު ދުވަހަކީ ޚާއްސަ ދުވަހަކަށްވާއިރު، އެކި ހުކުރު އެކި ކަހަލަ ކެއުންތަކަށް ސުފުރާމަތި ޚާއްސަކޮށްލާ ގެތައްވެސް މަދެއް ނުވާނެއެވެ. މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ، ދިވެހި ކެއުންތަކަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ޑިޝް ކަމަށްވާ ރިހާކުރު ދިޔަ ތައްޔާރުކުރާނެ ގޮތެވެ. ރިހާކުރު ދިޔަ އަކީ، ބަނބުކެޔޮ ބަތާއި، ބަރަބޯ ބަތް އަދި އާދައިގެ ބަތުގެ އިތުރުން ހުނި ރޮށްޓާއި އެކު ކާލަންވެސް އެއްވަނައިގެ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

6 މޭޒުމަތީ ސަމުސާ ރިހާކުރު

2 ޖޯޑު ކާށި ކިރު

ހިކަނދިފަތް

2 ފިޔާ

1 ލުނބޯ

5 ފޮޅިކޮށްފައިވާ ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)

ލޮނު

ތައްޔާރުކުރާނެ ގޮތް:

1. ފިޔައާއި، ހިކަނދިފަތާއި، ހިކިމިރުސްތައް ކުދިކޮށް ތުނިކޮށް ކޮށާށެވެ.

2. ދެން ބޯތަށްޓަކަށް ފިޔާކޮޅާއި ހިކަނދިފަތްކޮޅު އެޅުމަށްފަހު ލުނބޯހުތްކޮޅާއި ލޮނު ކޮޅެއް ލައިގެން ރަނގަޅަށް އަތުން މޮޑެލާށެވެ.

3. އެއަށްފަހު ހިކި މިރުހާއި ރިހާކުރާއި އެޅުމަށްފަހު ވެސް ރަނގަޅަށް މޮޑެލާށެވެ. ދެން ކާށިކިރުކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ.

4. ރަހަބަލާލާފައި ލޮނުރަހަ މަޑު ނަމަ ލޮނުކޮޅެއް އަޅާލާށެވެ. އަދި ރިހާކުރު މަދު ހެން ހީވާ ނަމަ އިތުރު ސަމްސަލެއްގެ ރިހާކުރުވެސް އަޅާލައި، އެހެން ރަހައެއް ހެޔޮވަރުކޮށްލަން ބޭނުންނަމަ އެކަންވެސް ކޮށްލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...