ބޭރުގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހަދާނެކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ގާއިމު ނުކުރާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ރާއްޖެއަށް ބޭރުގެ އެހީ ހޯދާނީ ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ބުރުލެއް ނާރާނެ ގޮތުގެ މަތިންކަމަށެވެ. ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ފުރުސަތު ނުދޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އެފަދަ އެއްބަސްވުމެއްވެސް ގައުމަކާއި ނުކުރާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.
މިއީ ރާއްޖެއަށް އެއްބިލިޔަން ޑޮލަރުގެ އެހީއެއް ދީގެން އިންޑިޔާގެ އަސްކަރީ މަރުކަޒެއް ގާއިމުކުރަން އިންޑިޔާ ސަރުކާރުގެ ސޯސްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ޖެހިފަހުން އެކަންދޮގުކުރައްވައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅެއްކަމަށް ބެލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް