މިއޮތީ ވަރަށް މީރު ސްމޫތީއެއްގެ ރެސިޕީ
ހޫނު ދުވަސް ތަކުގައި ފިނިފިނި ސްމޫތީ އެއް ބުއިލުމަކީ ހަށިގަނޑަށް އާރޯކަން ލިބިގެންދާނެ ކަމެކެވެ. އަދި އެއީ ނީރު ސްމޫތީއެއް ނަމަ ހިތަށްވެސް ހަމަޖެހުން ލިބިގެންދާނެއެވެ. އެހެންކަމުން މިއަދު "ވޮއިސް" ގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރު ސްމޫތީއެއްގެ ރެސިޕީއެވެ.
ބޭނުންވާނެ ތަކެތި:
1 އަނބު
1 ޖޯޑު ފުލް ކްރީމް މިލްކް
1 މޭޒުމަތީ ސަމުސާ މާމުއި
1 ޕެޝަން ފުރުޓް
އައިސްކިއުބް
ތައްޔާރުކުރާނެ ގޮތް:
1) މިކްސްޗަރަށް އައިސްކިއުބާއި އަނބު، ޕެޝަން ފުރުޓް އަދި މާމުއި އެޅުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ.
2) ރަނގަޅަށް ހިމުންވެ އެކުވުމުން، ތައްޓަކަށް އައިސްކިއުބް އެޅުމަށްފަހު ސްމޫތީ އަޅާލާނީއެވެ. އަދި ކުދިކޮށް ކޮށާފައި ހުރި އަނބުކޮޅަކާއި ޕެޝަން ފުރުޓް ކޮޅެއް ސްމޫތީގެ ތެރެއަށް އަޅާލާނީއެވެ.
މިހާރު ޕެޝަން ފުޓް-މެންގޯ ސްމޫތީ ތައްޔާރުކޮށް ނިމިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް