ކުޅިވަރު ތަރައްގީކުރަން ޔޫތު މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއްދީފި
ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑިވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީ އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަވާލު ކޮށްފިއެވެ.
ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހުޅުމާލެއިން ބިމެއް ޔޫތު މިނިސްޓްރީއާ ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ.

އާބަންކޯ އިން ބުނީ، ހުޅުމާލެ އަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެގޮތުން އާބަންކޯގެ ފަރާތުން ޔޫތު މިނިސްޓްރީއަށް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފައި ކަަމަށް އާބަންކޯއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް