ހުޅުމާލޭ ހޮސްޕިޓަލާއި ވެލާނާ އެއާޕޯޓުގައި ފެންބޮޑުވެއްޖެ
މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފެން ބޮޑުވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ ފެންބޮޑުވެފައިވަނީ އެ ހޮސްޕިޓަލުގެ މެއިން ކައުންޓަރާއި ޓްރައޭޖް ހުންނަ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލުގެ މުވައްޒަފުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯ ތައް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބައެއް ތަންތަނުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
އެގޮތުން ފެންބޮޑުވެފައިވަނީ ބައިނަލްއަގުވާމީ ދަތުރު ކުރާ ފަރާތްތަކުން ނިކުންނަ ދިމާލުގައެވެ. ފެންބޮޑުވުމާއި ގުޅިގެން އެއާޕޯޓުގެ މަސައްކަތު މީހުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް