އައިޖީއެމްއެޗްއަށް މެޑިކަލް އޮފިސަރުން ހޯދަނީ
ސަރުކާރު ހިންގާ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް މެޑިކަލް އޮފިސަރުން ހޯދަން އިއުލާން ކޮށްފިއެވެ.
އައިޖީއެމްއެޗް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ ދަށުން މާލެ ސަރަހައްދުގައި ހިންގަމުންދާ ހޮސްޕިޓަލްތަކަށް ޖުމުލަ 8 މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކަށް މަގާމުގެ އަސާސީ މުސާރަމަހަކު -/18129 ރުފިޔާ، މަގާމުގެ އެލަވަންސް ލގެ ގޮތުގައި -/10382 ރުފިޔާ އަދި ޙާޟިރީ އިނާޔަތުގެ ގޮތުގައި -/281 ރުފިޔާ މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ހުށަހަޅަންޖެހޭ ތަކެތި 31 މެއި 2023 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން އެ ހޮސްޕިޓަލްގެ އީ-މެއިލް [email protected] އަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް