ފެމިލީ ކޯޓު: ފޮޓޯ/ ޓުވިޓާ
ފެމިލީ ކޯޓު: ފޮޓޯ/ ޓުވިޓާ
ހަބަރު 24 May 2023 | 04:31

މިދިޔަ މަހު ފެމެލީ ކޯޓުގައި ކޮށްފައި ވަނީ 76 ވަރި އާއި 114 ކައިވެނި

މިދިޔަ މަހު ފެމެލީ ކޯޓުގައި ކޮށްފައި ވަނީ 76 ވަރި އާއި 114 ކައިވެނި ކަމަށް އެކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މިދިޔަ މަހު ފެމެލީ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ކުދިންނާ ގުޅުންހުރި އަށް މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި ކުރީމަހުގެ ބާކީ 38 މައްސަލައެއް ނުބެލި ވެއެވެ. އޭގެ ތެރެއިން މިދިޔަ މަހު ބަލާ ނިމުނީ 14 މައްސަލައެވެ. އެހެންކަމުން ކުދިންނާ ގުޅުންހުރި 32 މައްސަލައެއް ނުނިމި ކޯޓުގައި ވެއެވެ.

މީގެ އިތުރުން ވަރީގެ މައްސަލަތަކުގެ ތެރެއިން 107 މައްސަލައެއް މިދިޔަ މަހު ކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި ކުރީ މަހުގެ ބާކީ 127 މައްސަލަ ކޯޓުގައި ވެއެވެ. އޭގެ ތެރެއިން ކޯޓުން ނިންމާފައި ވަނީ 101 މައްސަލައެވެ. އެހެންކަމުން ވަރީގެ 133 މައްސަލައެއް ނުނިމި ކޯޓުގައި ވެއެވެ.

މިދިޔަ މަހު ވަރި ކުރުމަށް 15 މައްސަލައެއް ހުށަހަޅާފައި ވާއިރު، ވަރިވުމަށް އެދި 36 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

ދަރިން ނުދެއްކުމާއި ނަސަބު ސާބިތު ކުރުމުގެ އެއްވެސް މައްސަލައެއް މިދިޔަ މަހު ފެމެލީ ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް ޙަޟާނަތުގެ ތިން މައްސަލައަކާއި ކުއްޖާ އިޚްތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ އެއް މައްސަލަ ކޯޓަށް ހުށަހަޅާފައި ވެއެވެ.

ފެމެލީ ކޯޓުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ކުޑަކުދިންގެ ހައްގިތައް ރައްކާތެރިކުރުމުގެ އަމުރަށް އެދި ހަތަރު މައްސަލައެއް މިދިތަ މަހު އެ ކޯޓަށް ހުށަހަޅާފައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
26 Jun 2026 ހަބަރު

މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ

މިއަދަކީ މި އަހަރުގެ މިހާތަނަށް ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ އެެއް ދުވަސް ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ. މިއަދު ކައިވެނިތައް އެހާ ގިނައީ މިއަދުގެ ތާރީހުގެ...