ގްރެޖުއޭޝަން އެއްގެ ތެރެއިން
ގްރެޖުއޭޝަން އެއްގެ ތެރެއިން
ހަބަރު 24 May 2023 | 06:40

ސައުދީން ދޭ ސްކޮލަޝިޕް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ ދަރިވަރުންނަށް ދޭ ސްކޮލާޝިޕްތަކަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ އެ ސްކޮލަޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަޝިޕް ތަކެއް ކަމަށާ، އެ ސްކޯލާޝިޕް މެދުވެރިކޮށް 11 ދާއިރާ އަކުން ކިޔެވުމަށް 350 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން، ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން "ސްޓަޑީ އިން ސައުދީ" ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް ސައުދީ އެމްބަސީން ބުނެ އެވެ.

ސްކޮލަޝިޕަށް ހުޅުވާލި ދާއިރާތައް:

1. ބިޒްނަސް މެނޭޖްމަންޓް

2. މީޑިއާ ފީލްޑްސް

3. ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް

4. ލޯ ސައިންސް

5. އެޑިއުކޭޝަނަލް ސްޕެޝަލްޓީސް

6. ސޯޝަލް ސައިންސް

7. އެގްރިކަލްޗާ

8. އިކޮނޮމިކް އެންޑް ޕޮލިޓިކަލް ސްޓަޑީޒް

9. އިންޖިނޭރިން މޭޖާ

10. އިސްލާމިކް ސްޓަޑީޒް ފީލްޑް

11. އަރަބިކް ސްޓަޑީސް އެންޑް އަދާފީލްޑްސް އޮފް ފޮރިން ލޭންގުއޭޖް

މިހާރުވެސް ސައުދީގެ ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުތަކުގެ ދަރިވަރުން ސައުދީ އަރަބިއްޔާއިން އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ޔުނިވާސިޓީތަކުގައި 50،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ދަރިވަރުން ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި
14 Oct 2026 ދުނިޔެ

އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި

އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތަކަށް ސައުދީ އަރަބިއްޔާއިން އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ވިދާޅުވެއްޖެއެވެ.