މެމްބަރު އަލީ ނިޔާޒު/ ފޮޓޯ: މަޖިލިސް
މެމްބަރު އަލީ ނިޔާޒު/ ފޮޓޯ: މަޖިލިސް
ހަބަރު 24 May 2023 | 07:44

ދަނޑުވެރިންނަށް ވީ ވައުދުގެ 70% ސަރުކާރުން ފުއްދައިފި: އަލީ ނިޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ދަނޑުވެރިންނަށް ވީ ވައުދުގެ 70% ފުއްދާދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާފައިވާ ޤަރާރަށް މަޖިލީހުގައި ބަހުސްކުރައްވަމުން ނެވެ.

ނިޔާޒުގެ ވާހަކައިގައި ވަނީ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން ފުއްދާފައިވާ ވައުދުތަކުގެ ދިގު ލިސްޓެއް މަޖިލީހުގައި އިއްވަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. މޯލްޑިވްސް އެގްޒަބިޝަން ޕްރިގްރާމު ހއ، ހދ އަދި ށ އަތޮޅުގައި ފެށުން.

2. ދަނޑުވެރިން ތަމްރީނުކުރުމާއި އައިލެންޑު ފޯރަމް ތައްޔާރުކުރުމާއި، ދަނޑުވެރިންނަށް އެހެން ވިޔަފާރިވެރިންނާއި ދިމާވުމުގެ ފުރުސަތު ފޯރަމްތަކުން ހުޅުވާލަދިނުން

3. ފަނޑުވެރިކަން ކުރާއިރު އިރުގެ ހަކަތަ ބޭނުންކޮށް ފެން ދޭ ނިޒާމު ރ ފައިނުގައި ގާއިމްކުރުން

4. ދަނޑުވެރިންނަށް ނަފާ ލޯނު ޕްރޮގްރާމެއް ފެށިގެން ކުރައަށް ގެންދިއުން

5. ދަނޑުވެރިކަމަށް އިމްޕޯޓުކުރަމުން އައި ތަކެތިން ނަގަމުން އައި ޑިއުޓީ ކަނޑާލުން

6. ހައިޑްރޯފިނިކްސް ސިސްޓަމް ގާއިމްކުރުން

7. ގަސް އިންދާ ނިޒާމުތައް 4 ރަށެއްގައި ގާއިމްކުރެވި ކަމާގުޅޭ ތަމްރީނު ފޯރުކޮށްދިނުން

8. އެގްރިކަލްޝާ އޮންލައިން ސިސްޓަމް ތައާރަފްކުރުން

އެކަންތައްތަކުގެ އިތުރުންވެސް ދަނޑުވެރިން ތަމްރީނު ކުރުމަށްވެސް ތަފާތު ޕްރޮގްރާމުތައް ސަރުކާރުން ހިންގަމުންދާކަން މެމްބަރު ނިޔާޒު ފާހަގަކުރެއްވި އެވެ.

މަޖިލީހުގައި މެމްބަރުު ވާހަކަދައްކަން ލިބުނު ވަގުތު ހަމަވިއިރުވެސް ސަރުކާރުން ކޮށްދިން ކަންކަމުގެ ދިގު ލިސްޓުގައި އަދިވެސް ފާހަގަކުރަން ޖެހޭ ކަންކަން ހުރިކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.

ނިޔާޒު ވިދާޅުވީ ދަނޑުވެރިކަން ކުރިއަރުވަން މި ސަރުކާރުންކޮށްފައިވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށާއި، ދަނޑުވެރިކަމަށް ވީ ވައުދުގެ ބޮޑު އިންސައްތައެއް ވެސް މިހާރު ސަރުކާރުން ފުއްދާ ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ޓެސްޓަކަށް ދާއިރުގައި 50% އަށް ވުރެ މަތިވީމަ ފާސްވޭ. 70% އަށް ވުރެ މަތިވީމާ އެއީ ރަނގަޅު ފާހެއް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ފެންނާންހުރި ނަތީޖާއަށް ބަލާއިރުގައި ދަނޑުވެރިކަމުގެ މެނިފެސްޓޯގައި ހުރި 70% ކަންތައްތައް މިވަނީ މި ސަރުކާރުން ހާސިލްކޮށްދީފަ"

މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް