ފުވައްމުލަކުގައި އެމްޑީޕީ ކެމްޕޭނު ސާމާނަށް ގެއްލުންދީފި
ފުވައްމުލަކުގެ އެމްޑީޕީ ކެމްޕޭނު ސާމާނުތަކަކަށް ގެއްލުންދީފިއެވެ.
އެގޮތުން ފުވައްމުލަކުގެ ދިގުވާޑު އަވަށުގައި އެމްޑީޕީގެ ކެމްޕޭނަށް ހަރުކޮށްފައި ހުރި ހުރިހާ ޕޯސްޓަރަކާއި އެހެނިހެން ތަކެއްޗަށްވެސް ވަނީ ގެއްލުންދީފައެވެ.

މި އިންތިޚާބު ތެރޭގައި އެމްޑީޕީ ގދ ހޯނޑެއްދޫ ގައި ހުރި އެމްޑީޕީގެ ހަރުގެއަކަށް ކަޅު ތެޔޮވެސް ޖަހައިފައިވެއެވެ. އޭގެ ކުރިން ގދ މަޑަވެލީގައި ހުންނަ އެމްޑީޕީގެ ހަރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކަށް ތައްޔާރު ކޮށްފައި ވަނިކޮށް ވަނީ ރޯކޮށްލައި ބޮޑެތި ގެއްލުން ތަކެއް ދީފައެވެ.
ސިޔާސީ ކަންކަމުގެ ފޯރި ގަދަވާ ދުވަސްވަރު މިފަދަ ކަންކަން އިތުރުވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް