އިނގުރައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް ރައީސް ޞާލިހް އިފްތިތާޙު ކޮށްދެއްވައިފި
ރ އިނގުރައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިފްތިތާޙް ކޮށްދެއްވަވައިފިއެވެ.
ރ. އިނގުރައިދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ނިންމާފައިވާ 33,995,525.00 ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމާއި، ރެއިން ވޯޓަރ ކަލެކްޝަން ޓޭންކާއި، 300m3 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ 2 އާރް.އޯ ޕްލާންޓް އިންސްޓޯލް ކޮށްފައިވެއެވެ.

ރައީސް ޞާލިހް އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމް ރަސްމީކޮށް ފައްޓަވައި ދެއްވައިފައިވަނީ އެމަނިކުފާނު ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް