ހއ ން ފ އަށް ހުދު ސަމާލު ނެރެފި
ހއ އަތޮޅުން ފ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓޮރޮލިޖީ އިން ނެރެފައިވާ ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 10:00 ން ހަވީރުގެ 4:00 އަށެވެ.
ރޭ ވެސް ހއ.އަތޮޅުން ވ.އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ހުދު ސަމާލު ނެރެފައިވެއެވެ.
މިދުވަސް ވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. ބައެއް ރަށްރަށަށް ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް