ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗް ގެ ތަމްރީނުތައް ފެށުން.. ފޮޓޯ: އެމްއެންޑީއެފް
ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗް ގެ ތަމްރީނުތައް ފެށުން.. ފޮޓޯ: އެމްއެންޑީއެފް
ހަބަރު 24 Oct 2026 | 06:10

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް ވެގެންދާނީ ޒުވާނުން ބިނާކުރުމުގެ ހަރުދަނާ ބިންގަލަކަށް: ރައީސް ޑރ. މުޢިއްޒު

ސަރުކާރުން ފަށާފައިވާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އަދުގެ ޒުވާން ޖީލު ބިނާކުރުމަށް އެޅިގެންދާ ހަރުދަނާ ބިންގަލަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވަތަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު އުޖާލާކޮށް ބައްޓަންކުރުމަށް އެޅޭ ވަރަށް ވަރުގަދަ އަދި ހަރުދަނާ ބިންގަލަކަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ފަހަރުގެ ބެޗުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި ހިތްވަރާއި ޢަޒުމާއެކު ސާބިތުވެ ތިބެ މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ބައިވެރިންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ހިތްވަރު ދެއްވާފައެވެ.

އަލަށް މި ފެށުނު ވަތަނީ ޚިދުމަތުގެ 4 ވަނަ ބެޗުގައި ޖުމްލަ 352 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާ ގޮތަށް 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުންނެވެ. މިއީ މި ޕްރޮގްރާމަށް ޒުވާނުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ދައްކުވައިދޭ އަދަދެކެވެ.

މީގެ ކުރިން ބޭއްވުނު ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޖުމްލަ 84 ޒުވާނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ބައިވެރިންނެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމީ ލޯތްބާއި، އަޚްލާޤާއި، ސަފުތައް ދެމެހެއްޓުމާއި، އަދި ދިރިއުޅުމުގެ އެކި މައިދާންތަކަށް ބޭނުންވާ މުހިންމު ހުނަރުތައް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް
24 Oct 2026 ހަބަރު

ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް

މާލީ ވުޒާރާއިން ނެރެ އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތްގައި ވާގޮތުން ސަވަރިން ފަންޑަށް މިހިނގާ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.72 ބިލިއަން ރުފިޔާ ޖަމާކޮށްފައި އެބަހުއްޓެވެ.

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި
24 Oct 2026 ހަބަރު

ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި

14 ހަފުތާ ދެމިގެންދާ މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 
23 Oct 2026 ހަބަރު

ފެންބޮޑުވެފައިވާ ބައެއް ރަށްތަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަން 

މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫ ގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން
23 Oct 2026 ހަބަރު

ހއ އާއި ހދގެ 18 ރަށަކަށް ގެއްލުން، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން

އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ އެވެ.

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ
23 Oct 2026 ހަބަރު

ޑެތްގެ ބަންދަށް 12 ދުވަސް، ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާ

. އެ އަމުރު ނެރުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި
23 Oct 2026 ހަބަރު

ހިޔާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، ބަދިގެ އަނދައިފި

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި
23 Oct 2026 ހަބަރު

ބަންގްލަދޭޝްގެ ބޭންކުތަކުގެ ބްރާންޗްތައް ރާއްޖޭގައި ހުޅުވަން ހުށަހަޅައިފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ރަސްމީ ނިޒާމުގެ ތެރެއިން ގައުމަށް ފައިސާ ފޮނުވުން )ރެމިޓެންސް( ފަސޭހަކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި އެ ގައުމުގެ ބޭންކުތަކުގެ ގޮފިތައް ހުޅުވުމުގެ ފުރުސަތުތައް ބަންގްލަދޭޝް ބޭންކް )ބީބީ( އިން ބަލަން ފަށައިފިއެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.