ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ހަބަރު 24 Oct 2026 | 15:23

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު

އދ. އަކީ އިތުބާރު ހިފޭ، ޒިންމާދާރު، އަދި ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދ. ގެ އިތުބާރު ދެމިއޮތުމުގެ އަސްލަކީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަން ފާހަގަކުރައްވައި ވިދާޅުވީ، އެކަން ޙަޤީޤަތަކަށް ހެދޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކަށް އެންމެހައި ޤައުމުތަކުން ތަބާވެ، މުޢާހަދާތައް ފުރިހަމައަށް ތަންފީޛުކުރެވިގެންކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ޤާނޫނުތައް ތަންފީޛުކުރުމުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން މި އިތުބާރު ހީނަރުވަމުންދާކަން އެމަނިކުފާނު ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.

މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ޚާއްޞަކޮށް ޒަޔަނިސްޓު އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށާއި، މުޅި އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭ ބޮޑެތި ގެއްލުންތަކުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ. ހަމައެއާއެކު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ދިމާވެފައިވާ މާލީ އަދި ޓެކްނޮލޮޖީގެ ދަތިތަކާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި އުފުލަންޖެހިފައިވާ ބޮޑެތި ދަރަނިތަކަކީ، އެ ޤައުމުތަކުގެ ވިލުންތެރިކަމަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ މުސްތަޤްބަލު އަމިއްލައަށް ކަނޑައެޅުމުގެ ސިޔާދަތީ ޙައްޤު ފުރިހަމައަށް ލިބި، ޤައުމީ އުންމީދުތައް ޙާޞިލުކުރުމަށް މަގުފަހިވުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް ލިބޭނެ މުހިންމު ބާރެއް ކަމަށެވެ. އަދި މި އަމާޒަށް ވާޞިލުވުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް ވަރުގަދަކުރުމާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ އިތުރުން، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ވިލުންތެރިކަން އިތުރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތައް އެއްހަމައެއްގައި ހިމާޔަތްކޮށްދޭ، ހުރިހާ ޤައުމެއްގެ އަޑު އައްސަވާ، އަދި އެއްވެސް ބާރެއްގެ ނުފޫޒަކާ ނުލައި ކޮންމެ ޤައުމަކަށްވެސް އަމިއްލަ މުސްތަޤްބަލު ކަނޑައެޅުމުގެ ޖާގަދޭ ތަނަކަށް ވާންޖެހޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުނިޔޭގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށާއި، އަދި ކޮންމެ ދައުލަތެއްގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު
24 Oct 2026 ހަބަރު

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު

ނިސްޓަރު ސައީދު ވިދާޅުވީ، މާދަމާ ރޭ ހުޅުވިގެންދާ މި މައުރަޒު ވެގެންދާނީ މިދިޔަ އަހަރާއި އަދި އޭގެ ކުރިން ބޭއްވުނު މައުރަޒުތަކާ އަޅާބަލާއިރު، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރިކަން އިތުރު މައުރަޒަކަށް ކަމަށެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި
24 Oct 2026 ހަބަރު

ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ފަށައިފި

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަހުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ފެންބޮޑުވެ ގެއްލުންވި ރަށްތަކުގެ އެންމެ ފަހުގެ ހާލަތު އެންޑީއެމްއޭ އިން ވަނީ އާންމުކޮށްފައެވެ

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
24 Oct 2026 ހަބަރު

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން

އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު
24 Oct 2026 ހަބަރު

އީގަލް ހިލްސް މަޝްރޫޢު ފުރިހަމަ، އަލައްބާރާއި ޔަހޫދީންނާ ގުޅުވޭކަށެއްނެތް: ރައީސް ނަޝީދު

މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރާއްޖެއަށް ނުހަނު ފައިދާހުރި ރަނގަޅު މަޝްރޫއެއް ކަމަށެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި
24 Oct 2026 ހަބަރު

ގދ.ތިނަދޫ ރޭޕް މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށްފި

ތިނަދޫގައި ރޭޕް މައްސަލައެއް ފެންމަތިވެފައިވަނީ، މިދިޔަ ހަފްތާގައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ރޭޕް މައްސަލާގައި 22 އަހަރުގެ އަންހެނަކަށް އެކި ގޮތްގޮތުން ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން 9 މީހަކު ފުލުހުންގެ ބެލުމުފެ ދަށަށް ގެނެސްފައިވާކަމަށެވެ

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ