ކުޅުދުއްފުށީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ކުޅުދުއްފުށީގަިއ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އޭނާ މަރުވެފައި އޮއްވާ ފެނުނީ، ޚަބަރެއް ނުވެގެން އާއިލާއިން ރިޕޯޓުކުރުމުން، ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ބެލި ބެލުމުން ކަމަށެވެ.
އޭނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް