ނިއުޓެއްލާ ފްރެންޗް ޓޯސްޓް
ނިއުޓެއްލާ ފްރެންޗް ޓޯސްޓް
ލައިފްސްޓައިލް 25 Mar 2023 | 03:39

ފިރިހެންވެރިން ވަރަށް މޮޅު ވާނެޔޯ މިގޮތަށް ނިއުޓެއްލާ ފްރެންޗް ޓޯސްޓް ހަދަން

ނިއުޓެއްލާ އަކީ ޕާނުގައި އުނގުޅާލައިގެން ކާލަންވެސް ވަރަށް މީރު އެއްޗެކެވެ. އަދި އެއިން ފްރެންޗް ޓޯސްޓް ތައްޔާރު ކޮށްލުމުން އެ މީރު ރަހަ ދެ ގުނަ އަށް އިތުރު ކޮށްދެއެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ވަރަށް ފަސޭހަ އެއްޗެކެވެ.

ބޭނުންވާ ތަކެތި

1/2 ދަޅު ގެރިކިރު

5 ބިސް

1 ނިއުޓެއްލާ ފުޅި

1 ޕާން

ބަޓަރ

ތައްޔާރުކުރާނެ ގޮތް

1) ޕާން ފޮތީގައި ރަނގަޅަށް ނިއުޓެއްލާ އުނގުޅާލުމަށްފަހު އޭގެ މަތީގައި އަނެއް ޕާން ފޮތި ބާއްވައި ސޭންޑްވިޗް އެއް ގޮތަށް ހަދާލާށެވެ. މިގޮތަށް ހުރިހާ ޕާނުން ނިއުޓެއްލާ ސޭންޑްވިޗް ތައްޔާރުކޮށްލާށެވެ.

2) ދެން ތައްޓެއްގެ ތެރޭގައި ބިހާއި ގެރި ކިރު ރަނގަޅަށް އެކުލަވައިލާށެވެ.

3) އެއަށްފަހު ތަވާ އުނދުން މައްޗަށް ސައި ސަމުސަލެއްހާ ބަޓަރ ތަވާގައި އުނގުޅާލާށެވެ. އުނދުން ބަހައްޓަންވާނީ ވަރަށް މަޑު ގިނީގައެވެ.

4) ދެން ތައްޔާރު ކުރި ނިއުޓެއްލާ ސޭންޑްވިޗް ބިހާއި ގެރި ކިރުން ހެދި މިކްސްޗަރ އަށް ލުމަށް ފަހު، ދެ ފަރާތުގައި ރަނގަޅަށް އެ މިކްސްޗަރ ހާކާލުމަށްފަހު ތަވައަށްލައި ދެފަރާތް ރިވެތިކޮށް ރަން މުށި ކުލަ އަރަންދެން ފިހެލާށެވެ.

5) ހުރިހާ ޕާންތަކެއް ފިހެ ފްރެންޗް ޓޯސްޓް ހެދުމުން މެދުން ފަޅާލާށެވެ. ބޭނުން ނަމަ ފްރެންޗް ޓޯސްޓް ގެ މައްޗަށް ކޮކޯ ޕައުޑަރ ނުނީ، ޕައުޑާޑް ޝުގާރ ވެސް އަޅާލެވިދާނެއެވެ.

މިގޮތަށް ނިއުޓެއްލާ ފްރެންޗް ޓޯސްޓް ހަދާލައިގެން އައިސްކްރީމް އާއި އެކު ކާލާއިރު އަދި ވަރަށް މީރުވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...