6000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު އޯލެވެލް އިމްތިހާނު ފަށައިފި
6000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު އޯލެވެލް، އައި.ޖީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގައި 6107 ކެންޑިޑޭޓުން ބައިވެރިވެއެވެ. މިއީ ކުރީ އަހަރާ ބަލާއިރު މިއަހަރު 444 ކެންޑިޑޭޓުން އިތުރު އަދަދެކެވެ.
މީގެ އިތުރުން ކޭމްބްރިޖް އައި.ޖީ.އެސް.އީ އިމްތިޙާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވާކަމަށް މިނިސްޓްރީން މައުލޫމާތު ދޭ އިރު މިއީ ކުރީ އަހަރާ ބަލާއިރު މިއަހަރު 759 ކެންޑިޑޭޓުން އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
މި އަހަރުގެ އޯލެވެލް އިމްތިޙާންތައް ކުރިއަށްދާނީ 25 އެޕްރީލް 2023 އިން 8 ޖޫންގެ ނިޔަލަށެވެ.
މިއަހަރުގެ އިމްތިޙާނު މިއަދު ހެނދުނު ފަށާފައިވަނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް 1 އިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް