އެސްޓީއޯ ކާޑު ގުދަނުގައި މުދާ ޖަހަނީ/ ފޮޓޯ: ސަން
އެސްޓީއޯ ކާޑު ގުދަނުގައި މުދާ ޖަހަނީ/ ފޮޓޯ: ސަން
ހަބަރު 25 Apr 2023 | 09:36

ކާޑު ގުދަންތައް ރަޖިސްޓްރީ ކުރަން އަންގައިފި

ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

އެފްޑީއޭއިން ބުނީ، ގުދަންތައް އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން އަންގަވައިފައިވަނީ، ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެގިއުލޭޓް ކުރެވޭނެ ނިޒާމު ހަރުދަނާކުރެއްވުމަށް ކަމަށެވެ.

ހަނޑޫ، ހަކުރު، ފުށަކީ ރާއްޖޭގައި ސްޓޭޕަލް ފުޑް ނުވަތަ ކާޑުގެ ބާވަތްތަކުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅޭ ބާވަތްތަކެވެ. މި ތަކެއްޗަކީ ބޮޑެތި އަދަދުތަކުން ގަނޑުކޮށް ރާއްޖެ އެތެރެކުރާ ބާވަތްތަކެވެ. ކާޑުގެ ބާވަތްތައް ރައްކާތެރިކުރާ ގުދަންތައް ޗެކްކުރެއްވުމުގެ މަސައްކަތްތައް އެފްޑީއޭއިން މީގެކުރިން ވެސް ކުރަމުއްވަމުން އައިސްފައިވެ އެވެ.

އެހެން ނަމަވެސް އެފަދަ ތަންތަން ރަޖިސްޓްރީކުރުމަށް އަންގާފައި މިވަނީ "ރައްކާތެރިގޮތުގައި ކާބޯތަކެތި ގެންގުޅުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ މިންގަނޑު" ގެ ދަށުންނެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމަށް ކުރާ މަސައްކަތުގައި، އެކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. މިފަދަ ތަންތަން، 1 އޮގަސްޓްގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީކުރުމަށް ވަނީ އަންގާފަ އެވެ.

އެކަމާއި ގުޅޭގޮތުން އެމްއެފްޑީއޭއިން ބުނީ މިހާރުވެސް ކާޑުގެ ބާވަތްތައް ގުދަން ކުރާ ތަންތަން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރަޖިސްޓްރީ ކުރަން އެންގީ އެފަދަ ތަންތަނުގެ އަދަދުތައް ދެނެގަތުމާއި ބަލާ ފާސްކުރުމަށް ފަސޭހައަކަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ކާބޯތަކެތި ގުދަންކުރާ ތަންތަން ބަލާ ޗެކުކުރުމުގެ އުސޫލުގައިވާ ގޮތުން ކޮންމެ 6 މަހުން ނުވަތަ ކަނޑައަޅާ ވަކި މުއްދަތަކުން އެފަދަ ގުދަންތަކުގެ ޙާލަތު ގަވައިދުން ބަލަން ޖެހެއެވެ.

އެގޮތުން ގުދަންތަކުގެ ޖާގައާއި ސާފުތާހިރުކަމާއި އަދި އެތަންތަނުގެ ފިނިހޫނުމިން ފަދަ ކާބޯތަކެތި ގުދަންކުރުމުގައި ރައްކާތެރިކަމުގެ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާ ޗެކުކުރަން ޖެހެއެވެ.

އެހެންކަމުން މި މަސައްކަތުގައި މާލެ އާއި އަދި އަތޮޅުތަކުގައި ހުރި ކާޑު ގުދަންތަންވެސް ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.