ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 25 May 2023 | 02:50

ފަހުވަގުތު ރޮޑްރިގޯ ކާމިޔާބުކޮށްދިން ލަނޑާއެކު ރެއާލް މެޑްރިޑް ދެވަނައަށް!

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ދެކޮޅަށް ވެލެންސިއާ ގެ ސަޕޯޓަރުން ނަސްލީ ގޮތުން ފުރައްސާރަ ކުރި މައްސަލާގައި ވިނީޝިއަސް އާއި އެކު ރެއާލްގެ ކުޅުންތެރިން ތިބިކަން ދެއްކުމުގެ ގޮތުން ރޭގެ މެޗު ފެށުމުގެ ކުރިން އެޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑަށް ނުކުތީ 20 ނަންބަރު ޖާޒީގައެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ރަޔޯ ވަޔެކާނޯ އިން އިންނެވެ. އެގޮތުން ފުރަތަމަ ހާފުގައި އެޓީމުން ރެއާލްގެ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ރެއާލުން ފުރަތަަމަ ހާފުގައި ރަޔޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ރެއާލްގެ އުރުގުއާއީ މިޑްފީލްޑަރު ފެޑްރިކޯ ވަލްވެޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ރަޔޯ ވަޔެކާނޯ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ތަޖުރިބާކާރު ފޯވާޑް ރައުލް ޑި ތޯމަސް އެވެ.

ރެއާލް މެޑްރިޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މިޑްފީލްޑަރު ޑެނިއަލް ސަބެއްލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 36 މެޗު ކުޅެގެން ރެއާލް މެޑްރިޑަށް 74 ޕޮއިންޓް ލިބިފައިވާއިރު، ޗެންޕިއަން ބާސެލޯނާއަށް 36 މެޗުން ވަނީ 85 ޕޮއިންޓް ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
20 Sep 2026 ކުޅިވަރު

ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށް މި ސީޒަނުގައި އެޓީމް މޮޅުވަމުން އައުމުގެ  ރެކޯޑް ދަމަހައްޓައިފިއެވެ. ރޭގެ މެޗްގައިވެސް ތަރިއަކަށްވީ ބްރެޒިލްގެ ރަފީ...

ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
17 Sep 2026 ކުޅިވަރު

ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރޭސިން ސަންޓަންޑާ އަތުން 7-2 ގެ މޮޅެއް ހޯދައި، ބާސެލޯނާ އިން ރެކޯޑެއް ހަދައިފިއެވެ. ރޭސިން އާ ދެކޮޅަށް ކުޅުނުމެޗުން ބާސެލޯނާ މޮޅުވުމާއެކު އެޓީމަށް ވަނީ ލީގްގެ ފުރަތަމަ 7 މެޗުން ...

އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
17 Sep 2026 ކުޅިވަރު

އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާގެ މައްޗަށް 4-0 ގެ ފަސޭހަ މޮޅެއް ހޯދައި، އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނަ ޖެހިލައިފިއެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑު ކަމަށްވާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނ...

ފަހު ވަގުތު އެސްޕީ ޖެހި ލަނޑާއެކު، ލެވަންޓޭއަތުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
16 Sep 2026 ކުޅިވަރު

ފަހު ވަގުތު އެސްޕީ ޖެހި ލަނޑާއެކު، ލެވަންޓޭއަތުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް

ލަލީގާގައި ރޭ އެލްޗޭގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައި ރެއާލް މެޑްރިޑުން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ. މިއީ މި ސީޒަނުގެ ލީގުގައި ރެއާލް މެޑްރިޑުން ހޯދި ފަސްވަނަ މޮޅެވެ. އެލްޗޭގެ ދަނޑުގައި ...

900 ދުވަސް ފަހުން ބާސާ އަމިއްލަ ދަނޑަށް، ދަނޑު ހުޅުވީ ބޮޑު މޮޅަކުން
23 Nov 2025 ހަބަރު

900 ދުވަސް ފަހުން ބާސާ އަމިއްލަ ދަނޑަށް، ދަނޑު ހުޅުވީ ބޮޑު މޮޅަކުން

ސްޕެއިންގެ ގަދަބާރު ބާސެލޯނާއިން އެނބުރި ކޭމްޕްނޫ އަށް އައި މެޗުން ބޮޑު މޮޅެއް ހޯދައިފިއެވެ. 2023 ވަނަ އަހަރުގެ ޖޫން މަހު ބާސާގެ ރަސްމީ ފުޓްބޯޅަ ދަނޑު، ކޭމްޕްނޫ ބަންދުކުރީ ދަނޑު ބޮޑުކުރުމުގެ މަސައްކަތ...