މާފަރު އެއާޕޯޓް މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފޮރޮޅާލައި ޑްރައިވަރު ނިޔާވެއްޖެ
ނ. މާފަރު އެއާޕޯޓް ރަަންވޭ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފޮރޮޅާލައި އޭތި ދުއްވަންއިން ޑްރައިވަރު މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާގައި އަނިޔާވި މީހާ، މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 9:27 ކަން ހާއިރު ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ، ހާދިސާގައި ނިޔާވީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރު ކަމަށާ، އޭނާ އަކީ 35 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް