ސްރީލަންކާގެ ފިޓްސްއެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ "ފިޓްސްއެއާ" އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން މާލެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހަފްތާއަކު ތިން ފްލައިޓް އޮޕަރޭތް ކުރަން ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާލައިނުން ބުނެއެވެ.
ސްރީލްނަކާގެ ފިޓްސް އެއާއިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތަކެއް ކޮށްފައެވެ. އެއާލައިނުން ފުރަތަމަ ރާއްޖެއަށް ކާގޯ ދަތުރުތައް ކުރަން ފެށީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް