ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑުގައި އަޅާފައިވާ މިސްކިތް--ފޮޓޯ: ވޮއިސް, މުހައްމަދު ވަސީމް
ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑުގައި އަޅާފައިވާ މިސްކިތް--ފޮޓޯ: ވޮއިސް, މުހައްމަދު ވަސީމް
ރިޕޯޓް 25 Sep 2022 | 07:56

ތުލުސްދޫގައި އުފެދުނު ބޮޑު ވެލިގަނޑުގައި ޒުވާނުން އެޅީ މިސްކިތެެއް

ދިވެހިރާއްޖެއަށް ލޯކަލް ޓޫރިޒަމް ތަޢާރަފް ވުމުގެ ކުރިންވެސް ތުލުސްދޫ އަކީ ގުދުރަތީ ރީތިކަމަށް އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ހިތްގައިމު ރަށެކެވެ. އެ ރަށުގެ ރައްޔިތުންނަކީ ދިވެހިރާއްޖޭގެ ޘަގާފަތަށް ލޯބިކުރާ، ހިތްހެޔޮ އަދި އެކުވެރި ބައެއްކަމީ، ރަށަށް ޒިޔާރަތްކުރާ ބީރައްޓެހިންގެ ފަރާތުންވެސް އަބަދުވެ އިވެމުންދާ ވާހަކަތަކެވެ.

ރަށުގެ އާއްމުންގެ ފަރާތުން ރަށަށް ކޮށްދީފައިވާ އިޖުތިމާއީ އެކި ޚިދުމަތް ތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، އެ ރަށުގެ ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑުގައި ޒުވާނުންގެ ފަރާތުން އަޅައިދީފައިވާ މިސްކިތެވެ.

ތުލުސްދޫގެ އެ ސަރަހައްދަކީ އެ ރަށު ރައްޔިތުންނާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތައްވެސް ދަތުރު ގޮސް، މޫދަށް އެރި މަޖާކޮށްލަން ވަރަށް ގިނައިން ގޮސް އުޅޭ ސަރަހައްދެކެވެ. ވުމާއެކު، އެފަދަ އެންމެހައި ފަރާތްތަކަށް ވެސް ބޭނުން ވަގުތަކު ނަމާދު ކޮށްލެވޭނެ ފަދަ އިންތިޒާމެއް އެ ސަރަހައްދުގައި ހަމަޖެއްސިފައި ހުރުމަކީ އެރަށު ކައުންސިލާއި އަދި ޒުވާނުންވެސް ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.

ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑުގައި އަޅާފައިވާ މިސްކިތް--ފޮޓޯ: ވޮއިސް, މުހައްމަދު ވަސީމް

"އަޅުގަނޑުމެންގެ ވިސްނުން އޮތީ، މިތަން ހަމަ އުފެދިގެން އައި އިރުވެސް، ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން މިތަނުގައި މިސްކިތެއް ގާއިމް ކުރަން. އެއީ ކޮންމެ ވަގުތަކުވެސް ނަމާދު ގަޑި ޖެހިއްޖެއްޔާ ހަމަ ނަމާދު ކޮށްލާ ހަދަން މިސްކިތެއް ހުރުމަކީ ވަރަށް މުހިންމު ކަމަކަށް ވާތީވެ ފުރަތަަމަ ކަމެއްގެ ގޮތުގައި މިތާ މިސްކިތެއް ބިނާ ކުރުން މީ. ހަމައެއާއި އެކު ހިރިގައު ވަޅެއްގެ ގޮތަށް، ކުރީ ޒަމާނާ އެއްގޮތަށް ވަޅެއްވެސް ތައްޔާރު ކޮށްދީފައި މި ހުރީ. އެހެންވީމާ މި މިސްކިތާއި މި ވަޅާއި ދިވެހިންގެ ސަގާފަތް ދައްކުވައިދޭ. އަދި ހާއްސަކޮށް ކޮންމެ ތަނެއްގައިވެސް އެންމެ ފުރަތަަމަ ބިނާއެއްގެ ގޮތުގައި ފާހަގަކުރަންޖެހޭނީ މިސްކިތެއް. އެހެންވީމާ އެ އުސޫލުން އެގޮތަށް ވިސްނާފައި ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން އިސްނަގައިގެން ކޮށްފައި ހުރި މަސައްކަތެއް މިއީ." ތުލުސްދޫ ޕިކްނިކް ސަރަހައްދުގައި ބިނާ ކޮށްފައިވާ މިސްކިތާއި ގުޅޭ ގޮތުން 'ވޮއިސް' އަށް ދެއްވި ބަސްދީގަތުމެއްގައި އެރަށު ކައުންސިލް ރައީސް އަސްލަމް މޫސާ ވިދާޅުވިއެވެ.

ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑުގައި އަޅާފައިވާ މިސްކިތް--ފޮޓޯ: ވޮއިސް, މުހައްމަދު ވަސީމް

ތުލުސްދޫގެ ޒުވާނުންގެ ފަރާތުން އެ ރަށު ޕިކްނިކް ސަރަހައްދުގައި އަޅާފައިވާ މި މިސްކިތަކީ މަތި ހިޔާކޮށް، އެތެރޭގައި ތަށިމުށިވެސް ޖަހާފައިވާ ކުޑަ އެހެން ނަމަވެސް ރީތި މިސްކިތެކެވެ. އެތެރެއިންނާއި ބޭރުންވެސް ޘަގާފީ ކުލަވަރު ފެންނަ މި މިސްކިތް ކައިރީގައި، އާސާރީ ކުލަ ޖެހިފައިވާ ފެންވަޅެއްވެސް ހުރެއެވެ.

ދިވެހި ވަންތަ، ދިވެހި ޘަގާފަތް ދައްކުވައިދޭ މި މިސްކިތުގެ ސަބަބުން މި ތަނަށް ދަތުރު އަންނަ އާއްމުންނަށް އެތައް ފަސޭހައެއް ވެގެންދާއިރު, މިފަދަ ތަނެއް ހުރުމަކީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްވެސް ލިބޭ އެހީއެކެވެ. މިފަދަ ތަނެއް މެދުވެރިކޮށް އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިހު ޒަމާނު ދިވެހިންގެ ބިނާތައް ހުންނަގޮތް ދައްކުވައިދެވުމަކީ، ދިވެހިންގެ ޘަގާފަތާއި އާދަކާދަ އެމީހުންނަށް ދައްކުވައިދެވޭނެ ގޮތެއްކަން ޔާގީނެވެ.

ހިއްކި ސަރަހައްދުގައި ގުދުރަތީ ގޮތުން އުފެދުނު ބޮޑު ވެލިގަނޑު--ފޮޓޯ: ވޮއިސް, މުހައްމަދު ވަސީމް

އެހެން ކަމުން، ތުލުސްދޫގެ ޒުވާނުންގެ ފަރާތުން އާއްމުންނަށް ދީފައިވާ މި ހަދިޔާ ވެގެން ގޮސްފައި މިވަނީ އެތައް ގޮތަކުން، އެރަށަށާއި، ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް ނުހަނު މުހިއްމު ތަނެއްގެ ގޮތުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި
22 Oct 2026 ހަބަރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.

މާލެ އަތޮޅު ކައުންސިލުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހިމެނޭ ފައިލް ގެއްލުނު މައްސަލައެއް
29 Aug 2026 ހަބަރު

މާލެ އަތޮޅު ކައުންސިލުން ދޫކުރި ލޯނުތަކުގެ މައުލޫމާތު ހިމެނޭ ފައިލް ގެއްލުނު މައްސަލައެއް

މާލެ އަތޮޅު ކައުންސިލުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ލޯނުތައް އަނބުރާ ނުލިބި ދިގުލައިގެންގޮސްފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިމިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރ...

އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓެމުންދާ ހާދިސާތައް ޓެކް ދާއިރާގައި ކަންބޮޑުވުން އުފައްދައިފި
11 Aug 2026 ހަބަރު

އޭއައި މޮޑެލްތައް ކޮންޓްރޯލުން ނެއްޓެމުންދާ ހާދިސާތައް ޓެކް ދާއިރާގައި ކަންބޮޑުވުން އުފައްދައިފި

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އޯޕަންއޭއައި، މެޓާ، އެންތްރޮޕިކް އަދި އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ވެސް އެ ފަރާތްތަކުގެ އޭއައި މޮޑެލްތައް ކަނޑައެޅިފައިވާ އިމު...

ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
06 Aug 2026 ހަބަރު

ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި

ކ. ތުލުސްދޫގައި ޤާއިމުކުރާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މަޝްރޫޢުގެ ސައިޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީ...

ތަޖުރިބާ ހޯދުމުގެ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން ފަޅުރަށަކަށް ދިޔަ މައްސަލައެއް
08 Dec 2025 ހަބަރު

ތަޖުރިބާ ހޯދުމުގެ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން ފަޅުރަށަކަށް ދިޔަ މައްސަލައެއް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގެ ތެރެއިން ކާށިދޫ ކައުންސިލުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ކުރި ދަތުރުގެ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފިއެވެ. ...