އަސްކަރިއްޔާގެ ހިނގާލުން
އަސްކަރިއްޔާގެ ހިނގާލުން
ހަބަރު 25 Oct 2026 | 12:21

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ، ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހުގައެވެ. އެގޮތުން، އިސްލާމީ މަރުކަޒުގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށްފަހު، އެ ދުވަހުގެ ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ރާވާފައެވެ.

މީގެ އިތުރުން، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި އާންމުންނަށް ހުޅުވާލައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ދެއްކުމަށް ވަނީ ނިންމާފައެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އެ ދުވަހުގެ ރޭ އޮންނާނެ ކަމަށާއި، މި ޖަލްސާގައި ސިފައިންގެ ގައުމީ ލަވަ އަލްބަމެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި އަހަރުގެ ހަރަކާތްތައް ހަމައެކަނި މާލެއަށް ހާއްސަ ކުރުމުގެ ބަދަލުގައި، އެމްއެންޑީއެފުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ނަސްރުގެ ދުވަހުގެ ދުވުމެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބަތަލުންނަށް ހަނދާން އާކުރުމުގެ ގޮތުން އެ ބޭފުޅުން ނިސްބަތްވާ ރަށްރަށުގައި ވެސް ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހއ. ދިއްދޫގައި ނޮވެމްބަރު 13 އަދި 14 ގައި، އަދި ހއ. ބާރަށުގައި ނޮވެމްބަރު 20 އަދި 21 ގައި ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުންތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިއީ އެ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ ޗާންދަނީއާގެ ޝަހީދު އުމަރު އަހުމަދާއި، ހއ. ބާރަށް ސޯސަން ޝަހީދު އިބްރާހީމް ހުސައިންގެ ހަނދާނާ ގުޅިފައިވާ ދެ ރަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
25 Oct 2026 ހަބަރު

މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް

ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 3 މީހަކު ބައިވެރިވިއެވެ. އެ ތިން މީހުންވެސް ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި
25 Oct 2026 ހަބަރު

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގެ އެރައިވަލް ހޯލުގައި ހުންނަ އިމިގްރޭޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަށް ގެއްލުންދީފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.