ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.

މިއަދުގެ ހާދިސާގައި ލިބުނު ގެއްލުންތައް އެ އޮތޯރިޓީން ދަނީ ވަޒަން ކުރަމުންނެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ގެއަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް