ޑިޕިންގް ސޯސް: ފޮޓޯ/ގޫގުލް
ޑިޕިންގް ސޯސް: ފޮޓޯ/ގޫގުލް
ލައިފްސްޓައިލް 25 Nov 2022 | 01:52

މިއީ ކުކުޅާއި އެނޫންވެސް އެއްޗެއްސާއި ޖަހާލަން ބަރާބަރު ޑިޕިންގ ސޯސްއެއްގެ ރެސިޕީ

ކުކުޅާއި މަސް ފިހެގެން ނުވަތަ ތެލުލައިގެން ކާއިރު، ޑިޕިންގް ސޯސް ކޮޅަކާއި ޖަހާލައިގެން ކާލުމަކީ އޭގެ ރަހަ ދެތިން ގުނަ އަށް އިތުރަށް މީރުކޮށްދޭ ކަމެކެވެ. އެހެންކަމުން މިއަދު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޑިޕިންގް ސޯސް ތައްޔާރު ކުރާނެ ގޮތެވެ. މި ޑިޕިންގް ސޯސް ކުކުޅާއި މަހުގެ އިތުރުން ސޭންޑްވިޗް ނުވަތަ ސަބްމެރިން ހަދާލުމަށްވެސް ރަނގަޅު ވާނެއެވެ.

ބޭނުންވާ ތަކެތި

4 ލޮނުނެދު

1 ސައި ސަމުސާ މަސްޓަޑް ސޯސް

1/2 ސައި ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ލުނބޯހުތް

1 ބިސް

1/2 ޖޯޑު ކުކިންގ އޮއިލް

1/2 ޖޯޑު މަޔޮނައިޒް

1 ސައި ސަމުސާ އަސޭމިރުސް

ކުޑަ ލޮނު ކޮޅެއް

1 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް ސްޕްރެޑް (ބޭނުން ނަމަ)

1/2 މޭޒުމަތީ ސަމުސާ ފްރައިޑް ޗިކަން ސޯސް

ތައްޔާރުކުރާނެ ގޮތް

މަޔޮނައިޒް އާއި ތެލާއި، ކްރީމް ޗީޒް ސްޕްރެޑް އަދި އަސޭމިރުސް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް މިކްސަރަކުން ރަނގަޅަށް އެކުލަވައި މުގުރާލާށެވެ. އެއަށްފަހު، ފަހަރަކު އެތިކޮޅަކުން ތެޔޮ އަޅަމުން މިކްސަރުން އެކުލަވަމުން ދާށެވެ. ހުރިހާ ތެޔޮ އެއްކޮށް އަޅައި، ސޯސް ގަނޑު ކްރީމީ ވުމުން ތައްޓަކަށް އަޅާލުމަށްފަހު މަޔޮނައިޒް އާއި، ކްރީމް ޗީޒް ސްޕްރެޑް އަދި އަސޭމިރުހާއި އެކުލަވާލާށެވެ. މީރު ޑިޕިންގް ސޯސް ގަނޑެއް އެހުރީ ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...