ސީއެސްސީގެ ތިން މެންބަރެއްގެ ދައުރު ހަމަވަނީ، މެންބަރު ކަމަށް ހުޅުވާލައިފި
ސިވިލް ސާވިސް ކޮމިޝަން ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މުއްދަތު ހަމަވާތީ މެންބަރު ކަމުގެ ތިން މަގާމަށް ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވާލާފައިވާކަން ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ އެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ފޯމް ބަލަައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވާ އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން 12:00 އަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ކޮމިޝަންގެ މެންބަރު ކަމަށް އެދޭ މީހުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް މަޖިލީހަށް ފޮނުވުމުން މެންބަރުން ކަނޑައަޅާނީ މަޖިލީހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް