އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ޔުނިޓް؛ ފޮޓޯ / ރައީސް އޮފީސް
އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ޔުނިޓް؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު 30 Sep 2026 | 12:32

މެންޓަލް ހެލްތު ހެލްޕްލައިނަށް 2 އަހަރުތެރޭ 23،679 ކޯލް

ނަފްސާނީ އެހީތެރިކަމަށް ޚާއްޞަ ޤައުމީ ހެލްޕްލައިން "1677" މެދުވެރިކޮށް 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 23,679 ކޯލް ލިބިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޞިއްޙީ ވަޒީރު ގީލާ ޢަލީ ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ ހެލްޕްލައިނަށް 2،576 ކޯލް ލިބިފައިވެއެވެ. އެ ޢަދަދު 2025 ވަނަ އަހަރު 10،821 އަށް އިތުރުވެފައިވާއިރު 2026 ވަނަ އަހަރުގެ މިހާތަނަށް 10،282 ކޯލް ލިބިފައިވެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަސައްކަތާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ، މަރުކަޒީ ފަރުވާގެ ނިޒާމުގެ ތެރެއިން 201 މީހަކު ފަރުވާ ފުރިހަމަކޮށް ޢާއިލާތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން، 64 މީހަކަށް ފަރުވާ ދީ އެ ފަރާތްތައް އަލުން މުޖުތަމަޢުގެ ޙަރަކާތްތަކުގައި ބައިވެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު، ޖަމިއްޔާތަކާ ގުޅިގެން ބަލިމީހުންގެ ގެތަކަށް ޒިޔާރަތްކޮށް ފަރުވާ ފޯރުކޮށްދިނުމުގެ ޚިދުމަތެއް ވެސް ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ގީލާ ވިދާޅުވީ، ކުޑަކުދިންނަށް ޚާއްޞަ ނަފްސާނީ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ބޭސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށް 9 ރަށެއްގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި 80 އެނދުގެ ސައިކިއެޓްރިކް އިމަޖެންސީ ޚިދުމަތެއް ފެށުމާއި ޖިންސަށް ޚާއްޞަ ރީހެބިލިޓޭޝަން ޚިދުމަތް ފުޅާކުރުމާއި އަންހެނުންނަށް ޚާއްޞަ ނަފްސާނީ ބަލިމީހުން ބަލަހައްޓާ މަރުކަޒެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީހުން ބިނާކުރުމުގެ ރޮނގުން ހޯދިފައިވާ ކާމިޔާބީތަކަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ އެމްއެޗްޖީއޭޕީ ޕްރޮގްރާމުން 193 މީހުން އަދި ސައިކޮލޮޖިކަލް ފަސްޓްއެއިޑް (ޕީއެފްއޭ) ޕްރޮގްރާމުން 164 މީހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. މެންޓަލް ހެލްތު ލިޓްރަސީ ޕްރޮގްރާމް މެދުވެރިކޮށް 512 މީހަކު ހޭލުންތެރިކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނަފްސާނީ ޞިއްޙަތާ ގުޅޭ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޢަދަދު 2024 ވަނަ އަހަރާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.