ބޮޑު ބަދަލެއް: އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ބާރުގަދަކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޗެއާޕާސަންގެ މަގާމުގެ ބާރުގަދަކޮށް އެމްޑީޕީގެ ރައީސާއި ނާއިބުގެ މަގާމު އުވާލަން ކޮންގްރެސްއަށް ހުށައަޅަން ނިންމައިފި އެވެ.
މިރޭ ފެށޭ އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ޕާޓީގެ އެންމެ އިސް މަގާމަކީ ޗެއާޕާސަން ކަމުގައި ހަމަޖެއްސުމެވެ. މި ބަދަލާއެކު ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެހެން މަގާމެއް ނުފުރޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށްވެސް އެ މަގާމު ދެން އަދާނުކުރެވޭނެ އެެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި މިހާރު އޮންނަ ގޮތުން އެ ޕާޓީގެ މެންބަރަކު, ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިނަމަ އެއީ ޕާޓީގެ ރައީސެވެ. ނަމަވެސް އެކަން ވެސް ބަދަލުކުރަން ކޮންގްރެސްއަށް ހުށައަޅާން ވަނީ ނިންމާފަ އެވެ.
އެގޮތުން ޕާޓީގެ ރައީސްގެ މަގާމާއި ނާއިބު ރައީސްގެ މަގާމު އުވާލުމަށް ހުށައަޅަން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ޗެއާޕާސަންގެ ނާއިބުގެ މަގާމު އިތުރުކުރަން ވެސް ހުށައަޅާނެ އެވެ. މިހާރު ތިބެނީ ދެ ނާއިބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް