ގއ. ވިލިނގިލީގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް
ގއ. ވިލިނގިލީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި) ގެ ދަށުން، އައު ހާބަރ ފުންކުރުމުގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިއާއިއެކު އެރަށުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އަދި 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން ވަނީ ފާހަގަ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް