އިއްޒުއްދީން ފާލަން. ފޮޓޯ: ޕޮލިސް އެމްވީ
އިއްޒުއްދީން ފާލަން. ފޮޓޯ: ޕޮލިސް އެމްވީ
ހަބަރު 26 Jul 2023 | 12:01

މިނިވަންދުވަހުގެ ހަރަކާތްތަކަށް މާލޭގެ ބައެއް ޖެޓީތައް ބަންދުކުރަނީ

މިނިވަންދުވަހުގެ ހަރަކާތްތަކަށް މާލޭގެ ބައެއް ޖެޓީތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން މާދަމާގެ މެންދުރު ފަހު 2:00 އިން ފެށިގެން 28 ވަނަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ.

އެގޮތުން، މާލޭ ފަޅުތެރެ ޖެޓީ ނަންބަރު 1، 2، 3 އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާގެ މެންދުރު ފަހު 2:00 ގެ ކުރިން ނެގުމަށްވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވެ، މިއަދު އިރުއޮއްސި 6:45 އިން ފެށިގެން ކުޅިވަރު ހަރަކާތްތައް ނިމެންދެން އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުން މަނާ ވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ބޭއްްވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.