ރެއާލް އާއި ރޯމާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ބެއިން ސްޕޯޓްސް
ރެއާލް އާއި ރޯމާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ބެއިން ސްޕޯޓްސް
ކުޅިވަރު 15 Oct 2026 | 09:18

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އެންމެފަހު ވަގުތު ޖެހި ލަނޑުތަކާއެކު ރޯމާ އަތުން ރެއާލް މެޑްރިޑް ހައިރާންކުރުވަނިވި މޮޅެއް ހޯދައިފިއެވެ.

އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމް ކުޅުނު މިމެޗް އެޓީމްގެ މައްޗަށް ރެއާލުން ކުރި ހޯދީ 3-4 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނީ ރޯމާ އެވެ. އެއީ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓް ތެރޭގައި މާޓެން ޑި ރޫން އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން، ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. ދެވަނަ ހާފް ފެށިތާ އިރުކޮޅެއްގެ ތެރޭގައި ރޯމާގެ ޑޮންޔެލް މާލެން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ވަނީ އެޓީމަށް ލީޑް ނަގައިދީފައެވެ. އަދި އޭގެ ފަސްމިނެތްފަހުން އިތުރު ލަނޑެއް ޖަހައި މާލެން ވަނީ މެޗްގެ ނަތީޖާ 3-1 ކަށް ބަދަލުކޮށްފައެވެ.

މެޗްގައި މޮރީނިއޯ ގެނައި ބަދަލުތަކާއެކު ދެން ފެނިގެންދިޔައީ މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަނެވެ. އެގޮތުން 83 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ރެއާލްގެ ދެވަނަ ލަނޑު ޖަހައި އުއްމީދު އާކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިޔާ އެންޑްރިކް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ 90 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އާޑާ ގުލާ ނެގި ކޯނަރެއްގެ ފައިދާ ނަގައި، އެންޓޯނިއޯ ރޫޑިގާ އެވެ. މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން
09 Nov 2026 ކުޅިވަރު

ފިއޮރެންޓީނާ ކައިރިން ޔުވެންޓަސް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން

މެޗުގެ ފަހު ވަގުތުގައި ޔުވެންޓަސްއިން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ފިއޮރެންޓީނާގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ޔުވެންޓަސްއިން ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ. މި ނަތީޖާއާއެކު ދެ ޓީމަށްވެސް ވަނީ ތާވަލުގައި ކުރިއަށް ޖެހިލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ.

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި
09 Nov 2026 ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ދެވަނަ ހާފަށް ބާސެލޯނާއިން ނުކުތީ ބަދަލުތަކަކާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފާ، ފާމިން ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ބާސާއަށް ލީޑު ހޯދައިދީފައެވެ.

ވޯލްޑްކަޕްގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން ހޯދި ހުސާމް ހަސަން މިސްރުގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކޮށްފި
08 Nov 2026 ކުޅިވަރު

ވޯލްޑްކަޕްގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން ހޯދި ހުސާމް ހަސަން މިސްރުގެ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކޮށްފި

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީ.އެފް.އޭ) އިން، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން އަދި އޭނާގެ ޓެކްނިކަލް ސްޓާފުން މަގާމުން ވަކިކޮށް، ޓީމުގެ އާ ކޯޗަކަށް ސިރާމިކާ ކްލިއޯޕެޓްރާގެ ކޯޗު އަލީ މާހިރު ހަމަޖައްސައިފިއެވެ.

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި
08 Nov 2026 ކުޅިވަރު

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
05 Nov 2026 ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އުމުރުން 41 އަހަރުގައި ރޮނާލްޑޯ މި ނިންމުން ނިންމީ، ގައުމީ ޓީމުގެ މަޝްހޫރު 7 ނަންބަރު ޖާޒީ އައު ޖީލުގެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހާލާންޑްގެ ލަނޑާއެކު ލައިޕްޒިގު އަތުން ސިޓީއަށް މުހިންމު މޮޅެއް
05 Nov 2026 ކުޅިވަރު

ހާލާންޑްގެ ލަނޑާއެކު ލައިޕްޒިގު އަތުން ސިޓީއަށް މުހިންމު މޮޅެއް

މެޗުން ސިޓީ މޮޅުވީ 78 ވަނަ މިނެޓުގައި އެލިއަޓް އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާގެ ކެރިއަރުގައި ލައިޕްޒިގާ ދެކޮޅަށް ޖެހި 13 ވަނަ ލަނޑެވެ. މެޗުގެ އެންމެފަހު ވަގުތުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

 ސްލާވިއާ ޕްރާގުގެ އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެ
05 Nov 2026 ކުޅިވަރު

ސްލާވިއާ ޕްރާގުގެ އަތުން އާސެނަލް ހަނިގޮތަކަށް މޮޅުވެއްޖެ

މި މޮޅާއެކު އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހޯދި ތިންވަނަ މޮޅެވެ