ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މުއިއްޒުއަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ޕީޕީއެމު/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއީ ކެމްޕެއިން ޓީމަށް ފުވައްމުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ނިކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޑރ. މުއިއްޒު ފުވައްމުލަކަށް މިއަދު ހަވީރު ވަޑައިގެން އިރު، މިރޭ ސިޓީގެ ރައްޔިތުންނަށް ބައްދަލުކުރައްވަން ނިންމަވާފައިވާއިރު މިރޭ އެސިޓީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާދަމާ ހެނދުނު މުއިއްޒު ގއ. ގދ. އަތޮޅަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ މުއިއްޒުއާއި ކެމްޕެއިން ޓީމުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަމުން ދާއިރު، އަތޮޅު ތެރޭގެ ރަށްތަކުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް