ރާއްޖެއިން މަލާވީއާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފި
ރާއްޖެ އާއި މަލާވީއާއި ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.
ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ހާރިޖީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދެވެ. މަލާވީ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ނޭންސީ ޓެމްބޯއެވެ.
ފޮރިން މިނިސްޓްރީން ބުނީ މަލާވީއާއެކު ގާއިމްކުރި ގުޅުމާއެކު ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުންދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް