ހެލްތު މިނިސްޓަރު ނަސީމު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރު ނަސީމު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު 26 Oct 2023 | 03:34

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

އެ ޚިދުމަތް ފައްޓަވާދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމު ވަނީ ޤައުމީ އެމްބިއުލާސްގެ ޚިދުމަތަކީ ސިއްޙީ ނިޒާމު ހަރުދަނާކުރުމާއި ރައްޔިތުންގެ ދުޅަހެޔިކަން ކަށަވަރުކުރުމަށް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވާފަ އެވެ.

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، އެންމެ ފުރަތަމަ މި ޚިދުމަތް ފަށާފައިވަނީ މާލެ ސަރަހައްދުގައެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވަނީ ގާއިމްކުރައްވާފަ އެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސަރަހައްދުގައި ހިމެނޭ ސިއްހީ ފަރުވާދޭ ހުރިހާ ތަންތަނެއް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ސަރުކާރުން ގެނެސްފައިވާ ޕެރަމެޑިކް އެމްބިއުލާންސެއް

"ރަނގަޅު ފެންވަރުގެ ޚިދުމަތްދޭނެ ޒަމާނީ ކޯލް ސެންޓަރެއް އަޅުގަނޑުމެންނަށް ގާއިމްކުރެވިއްޖެ... މިތަނުގައި ބޭނުންކުރާ ސިސްޓަމްތަކާއި ސޮފްޓުވެއާ ތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ކަމަށް ގާއިމްކޮށްފައިވާ ޒަމާނީ ވަސީލަތްތަކެއް"

ހެލްތު މިނިސްޓަރު ނަސީމް

މާލޭގައި ފެށި އެމްބިއުލާންސްގެ ޚިދުމަތް ހޯއްދެވުމަށް 100 އަށް ގުޅުއްވުމުން ޕެރަމެޑިކާއެކު އެކްސިޑެންޓު ހިނގާފައިވާ ތަނަށް ނުވަތަ ބަލި މީހާ އޮތް ސަރަހައްދަށް ގޮސް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލިމީހާއަށް ބޭނުންވާ ކުއްލި ފަރުވާއާއި ބަލިމީހާ ސްޓެބަލައިޒް ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އޭގެ އިތުރުން މި ޚިދުމަތުގެ ތެރެއިން ބަލި މީހާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވޭއިރު އެ ބަލިމީހާގެ މައުލޫމާތު ލިބިފައިވާ ޓީމެއް ޕޭޝަންޓަށް އެޓެންޑުވުމަށް ތައްޔާރަށް އޮންނާނެކަމަށް ހެލްތު މިނިސްޓަރު ނަސީމު ވަނީ ވިދާޅުވެފަ އެވެ.

މާލެ ސަރަހައްދުގައި ރަސްމީކޮށް ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ހެލްތު މިނިސްޓަރު ނަސީމު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ އެމްބިއުލާންސްގެ ޚިދުމަތް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ދަށުން ފޯރުކޮށްދީފަ އެވެ. އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޕެރަމެޑިކް ޓީމުތަކެއް އެކުލަވާލާ ހަރަކާތްތެރިވަމުން ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
11 Oct 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފި އެ...

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި
08 Oct 2026 ހަބަރު

މުލަކު ސިއްހީ މަރުކަޒުން ބިދޭސީންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފި

މ. މުލަކު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ. ދާއިމީ އެއް މަގާމަށް ހުޅުވައިލި މި ފުރުސަތުގައި ދެ ރޭންކެއް ހި...