މެމްބަރު ނަޝީދަށް ހަމަލާދޭން އުޅުނު މީހާ ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މޮސްޓާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ މިހާރު ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މޮސްޓާއަށް ހަމަލާ ދީގެން މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު އާޓިފިޝަލް ބީޗު ކައިރީގައި މޮސްޓާގެ ރަހްމަތްތެރިއެއް ގައިގައި ތަޅައި މާރާމާރީ ހިންގާފައިވެއެވެ.
އެ މާރާމާރީގެ ވީޑީއޯ ވެސް މީސް މީޑީއާގައި އާންމުވެފައިވާއިރު ހާދިސާ ހިނގި ވަގުތު މޮސްޓާ ވެސް އެ ސަރަހައްދުގައި ހުންނެވިއެވެ.
އެ ދުވަހުގެ އެ ހާދިސާގައި މޮސްޓާއަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް