N/A
N/A
ހަބަރު 06 Dec 2018 | 22:06

އިތުރު 18 ފަރާތަކަށް ޕީޕީއެމްގެ މަޖިލިސް ޓިކެޓްދީފި

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 18 ފަރާތަކަށް ޕީޕީއެމްގެ ފަރާތުން ޕްރައިމަރީއަކާއި ނުލައި ޓިކެޓްދީފިއެވެ.

މި ފަރާތްތަކަށް ޓިކެޓްދީފައިވަނީ މިރޭ ޕީޕީއެމްގެ އޮފީސް، ހ.ހުރަފައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރޭ ޓިކެޓް ދިން ފަރާތްތަކުގެ ތެރޭގައި ކުރީގެ ވަޒީރުންކަމުގައިވާ އަލްއުސްތާޛާ އާޒިމާ ޝުކޫރު، ޑރ.މުހައްމަދު ޝައިނީ އަދި އަހުމަދު ޒުހޫރުވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި މަޝްހޫރު ނޫސްވެރިޔާ ލަޔާލް މަނިކު، ނިއުޕޯޓްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޒާހިދު ރަމީޒު އަދި ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޣައްސާން މައުމޫން ފަދަ ފަރާތްތައްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިރޭ ޕީޕީއެމްއިން ވަނީ ޑީއާރްޕީގެ ލީޑަރ މުހައްމަދު ނަޝީދު ކާށިދޫ ދާއިރާއަށް، އަދި އެޕާޓީގެ މެންބަރު އަދި މާލެސިޓީގެ ކައުންސެލަރ އަހުމަދު ފިޝާވިން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށްވެސް ޕީޕީއެމުންވަނީ ތާއިދުކޮށްފައެވެ.

މިރޭގެ ހަފްލާގަައި ޕީޕީއެމްއިން ޓިކެޓް ދިން ފަރާތްތަކުގެ ލިސްޓް ތިރީގައި މިވަނީއެވެ:

- ނ. ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު

- ފ. ބިލެތްދޫ ދާއިރާއަށް އަހުމަދު ޝަފީގު

- ތ ގުރައިދޫ ދާއިރާއަށް މުހައްމަދު ގައްސާން މައުމޫން

- ތ. ތިމަރަފުށީ ދާއިރާއަށް އިބްރާހިމް ސަމާހު

- ގދ. ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ޒުހޫރު

- ފުވަމުލަކު ސިޓީ މެދުދާއިރާއަށް ހަސަން ހާލިދު

- އައްޑޫ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް

- އައްޑޫ ހިތަދޫ ދެކުނު ދާއިރާއާށް މުހައްމަދު ލަތީފް

- މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު

- ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް

- ހެންވޭރު އުތުރު ދާއިރާއާށް ޑރ. މުހައްމަދު ޝައިނީ

- ހިންނަވަރު ދާއިރާއަށް ނާޒިމް އިބްރާހިމް

- މަތިވެރި ދާއިރާއަށް ލަޔާލް މަނިކް

- ބިލެއްދޫ ދާއިރާއަށް އަހުމަދު ޝަފީއު

- ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް

- ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު، ކާނަލް ނަޝީދު

- ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވީން ސަލީމް

މީގެ ކުރިން ޕީޕީއެމްއިން ވަނީ ވިހިވަރަކަށް ފަރާތަށް މަޖިލިސް ޓިކެޓު ހަވާލުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
22 Nov 2026 ހަބަރު

ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢާމިރު 30 ދުވަހަށް އަދި އާދަމް ނިމާލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި
22 Nov 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގާތީ ފުވައްމުލަކު މާދޫގެ ބައެއް ބަންދުކޮށްފި

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.