ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)-- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)-- ފޮޓޯ/ މަޖިލިސް
ހަބަރު 27 Feb 2023 | 11:01

އެތައް ބޭންކުތަކެއް ހުރިއިރު ހަމައެކަނި ބީއެމްއެލް ގައި މިކަން ދިމާވަނީ ކީއްވެތޯ: ނަޝީދު

ދިވެހިރާއްޖޭގައި އެތައް ބޭންކެއް ހުންނައިރު ހަމައެކަނި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ފައިސާ ގެއްލި، ސްކޭމް މައްސަލަތައް ފެންމަތިވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން، ވާނުވާ ނޭނގުމު ފައިސާ ގެއްލޭ މައްސަލަ ފެންމަތިވަމުން ދާތީ މޮސްޓާ ވަނީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ، ރާއްޖޭގައި ގާތްގަނޑަކަށް 8 ބޭންކު ހުންނައިރު ހަމައެކަނި ބީއެމްއެލް އިން އެފަދަ މައްސަލަތައް ކުރިމަތިވަނީ ކީއްވެގެންތޯ ބަލަންޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގައި 8 ވަރަކަށް ބޭންކު ހަރަކާތްތެރިވަމުންދާއިރު ހަމައެކަނި ބީއެމްއެލް އިން މި މައްސަލަ ދިމާވަނީ ކިހިނެއް ވެގެންތޯ އެބަޖެހޭ ކަންނޭނގެ ބަލާލަން. ދިވެހިންގެ ބޭންކު ކިޔައިގެން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާގެ ޕްރޮފިޓެއް ނަގަމުންދާ ބޭންކަކުން، ހަމައެކަނި ދިވެހި ބޭންކުން މިކަން ކުރަމުންދާއިރު، ދެން ހުރި ބޭންކުތަކުން، ބީއޯސީއާ، އެމްއައިބީއާ، އެސްބީއައި އާ، ސީބީއެމްއާ.. މި އެއްވެސް ތަނަކުން ނުވޭ ދިމައެއް މިކަހަލަ މައްސަލައެއް. ހަމަ އެތަންތަނުން ވެސް ހަމަ މި ލިންކު ފޮނުވައިގެން ނުވަތަ، އެ ބުނާ ސްކޭމް ކޯލްތައް ކޮށްގެން ވިޔަސް ކީއްވެގެންތޯ އެކަން ނުވަނީ. ހަމައެކަނި ބީއެމްއެލް އިން ވަނީ

މެންބަރު މުހައްމަދު ނަޝީދު އަބްދުالله

މޮސްޓާ ވިދާޅުވީ، ދިވެހިންގެ ބޭންކުން ނަމުގައި އެތައް ބިލިއަނުން ފައިދާ ނަގައިގެން ދެރަ ނިކަމެތިންގެ ހައްގުތައް "ފެލާލަން" ބީއެމްއެލް އިން މަސައްކަތް ކުރަމުންދާތަން އެތައް ފަހަރަކު ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން، ބީއެމްއެލްގެ އިސް ބޭފުޅުން މަޖިލީހަށް ގެނެސްގެން ނަމަވެސް، މަޖިލީހުގެ އިގްތިސާދީ ކޮމީޓިން އެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެހެން އެކަން ނުކޮށްފިނަމަ، ރާއްޖޭގެ ނިކަމެތި އެތައް ރައްޔިތުންގެ އަތުން ލައްކައެއްހާ ރުފިޔާ ކޮންމެ ދުވަހަކު ގެއްލިގެންދާނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ އެތެރެއިން އެފަދަ މައްސަލަތައް ނުހިނގާ ކަމަށް އެއްދުވަހު ބުނާއިރު، އޭގެ އަނެއް ދުވަހު، އެފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށާ، އެކަމާއި ގުޅިގެން ދެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ ބަޔާން ނެރޭ ކަމަށެވެ.

"ކަމެެއް ނުހިނގާ ކަމަށް ވާނަމަ މިކަމާއި ގުޅިގެން މީހަކު ސަސްޕެންޑް ކުރަންޖެހޭތޯ.؟" މޮސްޓާ ސުވާލު ކުރެއްވި އެވެ.

މޮސްޓާ ވިދާޅުވީ، ސްކޭމް ތަކާއި ގުޅޭ ގޮތުން ހިނގަމުންދާ ކަންކަމާއި ގުޅޭ، ހަގީގަތްތައް ބީއެމްއެލް އިން ހާމަކުރަންޖެހޭ ކަމަށެވެ. އަދި ބީއެމްއެލް އަކީ ރައްޔިތުންގެ ބޭންކު ކަމުގައި ބުނާއިރު، އަބަދުވެސް ކަން ހިނގަނީ ނިކަމެތި ރައްޔިތު މީހާއަށް ގެއްލުންވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.