ނެޝަނަލް ވޮލީބޯލް ރެފްރީ ޓްރޭނިން ކޯހެއް ކިނޮޅަހުގައި ކުރިއަށްދަނީ
ނެޝަނަލް ވޮލީބޯލް ރެފްރީ ޓްރޭނިންގ ކޯސް ރ. ކިނޮޅަހުގައި ފަށައިފިއެވެ.
އިއްޔެ ފެށުނު މި ޓްރެއިނިން ކޯހަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯޅަ އެސޯސިއޭޝަން އަދި ކިނޮޅަސް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ޖުމުލަ 19 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ކިނޮޅަހު ކައުންސިލުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި އެ އަތޮޅުގެ ރަސްމާދޫ، އިނގުރައިދޫ، މީދޫ އަދި ކިނޮޅަހުން ބައިވެރިވެފައިވާއިރު އދ.މަހިބަދޫ އަދި އދ.ކުނބުރުދޫގެ ބައިވެރިންވެސް ހިމެނެއެވެ.
25 އޭޕްރީލް 2023 އިން 01 މެއި 2023 ގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެމުން ދަނީ ވޮލީބޯލް އެސޯސިއޭޝަންގެ ތަޖުރިބާކާރު ޓްރޭނަރުންތަކެކެވެ.
ކިނޮޅަހަކީ ގައުމީ ލެވެލްގައި ފާހަގަ ކޮށްލެވޭ މޮޅު ވޮލީ ކުޅުންތެރިން ތިބި ރަށެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް