ފެން ކުންފުނީގެ ޗެއާމަން މައުސޫމް "ދަ ޑިމޮކްރެޓްސް" ސޮއި ކޮށްފި
ފެން ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު މައުސޫމް ވެރިކަން ކުރާ އެމްޑީޕީ އިން ވަކިވެ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރަށްވައިފިއެވެ.
މައުސޫމް އެ ޕާޓި އަށް ސޮއިކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އަދި މައުސޫމް ވަނީ "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ހަސަން ލަތީފަށް ހަވާލު ކުރައްވާފަ އެވެ.
އެމްޑީޕީ އިން ވަކިވެވަޑައިގަތަސް މައުސޫމް އޭނަ ހުންނެވި ފެން ކުންފުނީގެ ޗެއާމަންކަމުން ވަކިވެވަޑައިގެންފައެއް ނުވެއެވެ.
މައުސޫމް އެމްޑީޕީގައި އެންމެ ފަހުން އަދާކުރައްވާފައިވާ މަގާމަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސް ކަމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް