ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފި
ގދ. ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށް ހިގައްޖެ އެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ ތިނަދޫ ބަނދަރުގައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، އެ ދޯނި ފެންމަތިކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެ ދޯނި ފެންމަތިކުރެވިފައިވަނީ ރޭ 23:57 ހާއިރު ކަމަށެވެ.
ނަމަވެސް ދޯންޏަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް