ޢާއިލާގަ 60 މެންބަރުންނާއެކު އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީ އެމްޑީޕީއަށް
އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ހުސެއިން (ހަނަފީ) މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް ސޮއިކުރައްވައިފިއެވެ.
ހަނަފީ އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައިވެސް ހުންނެވިއެވެެ. ޖުމްހޫރީ ޕާޓީގައި ހުންނެވިއިރު އޭނާ ހުންނެވީ ޖުމްހޫރީ ޕާޓިގެ ލީޑަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.
ހަނަފީ އެމްޑީޕީއަށް ގުޅިވަޑައިގަތީ އޭނާގެ އާއިލާގެ 60 ބޭފުޅަކާއި އެކުގައި ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ. ޙަނަފީ އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ހަނަފީ އެމްޑީޕީ އާއި ގުޅިވަޑައިގެންފައި މިވަނީ ކުރިން އޭނާ ހުންނެވި ޕާޓީ، ޖުމްހޫރީ ޕާޓީއިން އެމްޑީޕީ ކޯލިޝަނާއި ވަކިވެ، އެޕާޓީއިން ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓެއް ނެރުމަށް ނިންމައިފައި ވަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް