ޑރ މައުޞޫމް އެމްޑީޕީ އަށް ސޮއިކުރައްވައިފި
މި ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރަކަށް ހުންނެވި ޑރ ޢަބްދުالله މައުޞޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޑރ މައުޞޫމް އަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. މައުޞޫމް ޖޭޕީ އިން ވަކިވެވަޑައިގެންފައިވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ.

ޖޭޕީއިން ވަކިވެ ވަޑައިގެންނެވިކަން ހާމަކުރައްވައި އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ޖޭޕީގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި އުނދަގޫ އަދި ފަސޭހަ ދުވަސްތަކުގައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ޕާޓީގެ ލީޑަޝިޕާއި މެންބަރުން ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޖެޕީގައި 9 އަހަރު ދުވަސް ހޭދަކުރެއްވެވި ޑރ މައުޞޫމް ވަނީ ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުންނަވައި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ތާއީދު ކުރެއްވުމަށް ނިންމަވައިފައެވެ.
ޑރ މައުޞޫމް އެމްޑީޕީ އަށް ސޮއި ކުރައްވައި މެމްބަރ ޝިޕް ފޯމު ހަވާލުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޞާލިޙާއެވެ.
ޑރ މައުޞޫމްގެ އިތުރުން އެމްއާރްއްމްގެ ލީޑަރ ޝިޕްގައި ހިމެނޭ ތިން ބޭފުޅަކާއި އެކު 74 މީހަކު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް